މިއަހަރުގެ ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ މުޅި ރާއްޖޭގެ ލައްކައަކަށްވުރެ ގިނަ ގޭބިސީ އަކަށް ބަހައިފިއެވެ.
މި މަސައްކަތް ކުރިޔަށް ގެންދަނީ ސިޓީތަކާއި ކައުންސިލްތަކުގެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ސިޓީތަކާއި ކައުންސިލްތަކުގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި މިއަދު ވަނީ އެންމެ ފަހުގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ރޭގެ ނިޔަލަށް މާލޭގެ ގޭބިސީތަކަށް 49،416 އަދި ރަށްރަށުގެ 60،711 ގޭބިސީތަކަށް ބަހާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ދޭ ރޯދަ ހަދިޔާ މުޅި ރާއްޖޭގެ 110،127 ގޭބިސީއަކަށް ވަނީ ބަހައިފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މިއަހަރު ދެމުން ގެންދަނީ ކޮންމެ ގޭބިސީ އަކަށް މަސްދަޅު ކޭހެކެވެ. މަސްދަޅު ކޭސް ދެނީ ކޮންމެ ކަރަންޓު މީޓަރަކަށް އެއް ކޭހެވެ. މިދިޔަ އަހަރު ސަރުކާރުން ދީފައި ވަނީ ކާޑުގެ ބާވަތްތަކެވެ.
މީގެއިތުރުން ސަރުކާރުން މިއަހަރު ވެސް ރޯދަމަހު ކަރަންޓު އަދި ފެން ބިލުން ޑިސްކައުންޓު ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ