އިއްޔެ ހަވީރު މާލެ ސަރަހައްދުގައި 98 މެގަވޮޓާ ގާތްކުރާ އަދަދަކަށް ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު އާއްމު ކޮށްފައިވާ ގްރާފުން ދައްކާ ގޮތުގައި، މާލެއާއި، ހުޅުމާލޭގައި ބުރާސްފަތި ދުވަހު ކަރަންޓު ބޭނުންކުރެވުނު މިންވަރަށް ބަލާއިރު، ބުރާސްފަތި ދުވަހަކީ މޫސުން ރަނގަޅު އަދި ހޫނުގަދަ ދުވަހަކަށްވުމުން ކަރަންޓު ބޭނުންކުރެވުނު މިންވަރު ވަނީ ބުދަ ދުވަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން އެންމެ ޕީކް ގަޑީގައި 98 މެގަވޮޓާއި ގާތްކުރާ އަދަކަށް ބުރާސްފަތި ދުވަހު ކަރަންޓު ބޭނުންކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އިއްޔެ އެންމެ ޕީކް ގަޑިއެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ހަވީރު 17:00 އެވެ. އެވަގުތުގައި 97،973 މެގަވޮޓަށް ކަރަންޓު ބޭނުން ކޮށްފައިވާ ކަމަށް ސްޓެލްކޯގެ ގްރާފުން ދައްކައެވެ. ދެވަނަ އަށް އެންމެ ބޮޑަށް ޕީކު ގަޑިއެއްގެ ގޮތުގައި ފާހަގަކުރެވުނީ ހަވީރު 16:00 އެވެ. އެވަގުތުގައި 97،105 މެގަވޮޓު ކަރަންޓު ބޭނުން ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ތިންވަނަ އަށް އެންމެ ޕީކު ގަޑިއެއްގެ ގޮތުގައި ގްރާފުން ފާހަގަވަނީ މެންދުރު 14:00 އެވެ. އެ ވަގުތުގައި 96،813 މެގަވޮޓަށް ކަރަންޓު ބޭނުން ކޮށްފައިވެއެވެ.
ސަރުކާރުން ވަނީ މިއަހަރުވެސް ރަމަޟާން މަހުގެ ތެރޭގައި ބޭނުންކުރާ ކަރަންޓަށް ޑިސްކައުންޓު ދިނުމަށް ނިންމައިފައެވެ. ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށްޓަކައި، ރޯދަމަހު ވަކި ބިލެއް ދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ