އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އާއިޝަތު ފިފްޝީން މަގާމުން ވަކި ކުރައްވައިފިއެވެ.
ފިފްޝީން މަގާމުން ވަކި ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަމަނާ މަގާމުން ވަކިކުރެއްވިކަން ހާމަ ކުރެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
ބޭންކިން އަދި ފައިނޭންސް ދާއިރާގައި ފިފްޝީން މަސައްކަތް ކުރައްވަން ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް ގައި 2003 ވަނަ އަހަރުގައެވެ. އެބޭންކުގައި ފިފްޝީން ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.
ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީން ބެޗެލާސް އޮފް ކޮމާސް ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސްވެސް އޭނާ ވަނީ ހާސިލްކުރައްވާފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި