ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީލައިފް ކުންފުންޏާއެކު ހެދި އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލުކުރި މައްސަލާގައި ސީލައިފަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލްއާ ދެމެދު ސޮއިކުރި އެއްބަސްވުން ޑިސެމްބަރ, 2018 ގައި ސަރުކާރުން ބާތިލްކުރި އެވެ.
އެ އެއްބަސްވުން ބާތިލްކުރީ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ އާއި ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގަ އެވެ. އެހެންކަމުން ސީލައިފުން ދައުވާކުރީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމުގެ ސަބަބުން ލިބުނު ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެ އެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށާއި އަދި އެޗްޑީސީން ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވާ ކަމަށެވެ.
ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ގިނަ އަދަދެއްގެ ޖިނާއީ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލަ ކޯޓުން އަދި ނުނިންމަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ