ޕާކިސްތާނުގެ ވިޔަފާރީގެ މަރުކަޒީރަށް ކަރާޗީގެ މަގުތަކުގެ އަމާންކަން ގެއްލި، ކުށްކުރުން އާއްމުވެއްޖެއެވެ.
ޕާކިސްތާން ފުލުހުންގެ ތަފާސްހިސާބުތަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު ކަރާޗީގެ މަގުތަކުގައި ހިނގި ކުށްތަކުގެ އަދަދު 10 ހާހަށްވުރެ މައްޗަށް އަރައެވެ. އެގޮތުން ފޭރުމުގެ ހާދިސާތަކުގައި 12 މީހަކު މަރާލައި، 41 މީހަކަށް ވަނީ އަނިޔާވެފައެވެ. ވަގަށް ނަގައިގެން ރިޕޯޓްކޮށްފައިވާ ފޯނުތަކުގެ އަދަދު 2806 އަށް އަރާއިރު، ސައިކަލުގެ އަދަދު އުޅެނީ 7244 ގައެވެ. އަދި 306 ކާރު ފުރަތަމަ 2 މަސްދުވަހު ކަރާޗީގެ މަގުތަކުން ވަގަށް ނަގައިގެން ރިޕޯޓްކޮށްފައިވެއެވެ.
މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު ފޯނު ފޭރުމުގެ ނުވަތަ ވަގަށް ނެގުމުގެ 48 ހާދިސާއެވެ. އަދި 125 ސައިކަލު އެވްރެޖްކޮށް ކޮންމެ ދުވަހަކު ވަގަށް އެބަނަގައެވެ.
ކަންބޮޑުވާ މިންވަރެއްގައި އަދަދުތައް ހުރިނަމަވެސް، މިއީ މިދިޔަ އަހަރުގެ ފުރަތަމަ 2 މަސް ދުވަހާއި އަޅާބަލާއިރު އަދަދުގެ ގޮތުން 28 އިންސައްތައިގެ ދަށްވުމެއްކަމަށް ކަރާޗީގެ އޮފިޝަލުން ބުނެއެވެ. އެހެންނަމަވެސް އާއްމުންގެ ކަންބޮޑުވުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ