ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ހުއާވެއިގެ ލޮބީސްޓުންނާއި އެކުންފުންޏާއި ގުޅުން ހުރި ފަރާތްތަކަށް ޔޫރަޕިއަން ޕާލަމެންޓްގެ އޮފީސް އިމާރާތްތަކަށް ވަނުން މަނާކޮށްފިއެވެ.
ޔޫރަޕިއަން ޕާލަމެންޓަށް ހުއާވޭ ކުންފުނީގެ އެއްވެސް މަންދޫބެއް ވަނުން މަނާކޮށްފައި މިވަނީ ބެލްޖިއަމްގެ ކަމާ ބެހޭ ފަރާތްތަކުން އެކުންފުނިން ރިޝްވަތުދިން ކަމަށް ބުނާ މައްސަލަތަކެއް ބަލަމުން ދަނިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ހުއާވޭ ކުންފުންޏަށް ފައިދާވާ ގޮތަށް ޔޫރަޕިއަން ޕާލަމެންޓްގައި ކަންކަން ހިންގުމަށް އެކުންފުނީގެ އަތުން ރިޝްވަތު ނަގާފައިވާކަމަށް ބެލެވޭ ބަޔަކު ހައްޔަރުކޮށް، ތަހުގީގުކުރަމުންދާކަމަށް ބްރަސަލްސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. ހުއާވޭއިން ބުނީ އެކުންފުންޏާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ނަގާކަމަށާއި، އެކުންފުނިން އެއްވެސް ހާލެއްގައި ރިޝްވަތުގެ އަމަލެއް ހިންގާފައި ނުވާނެކަމަށެވެ.
ހުއާވޭ އާއި ޗައިނާގެ އެހެން ޓެކްނޮލޮޖީ ކުންފުނިތަކުން އެމެރިކާ އަދި ޔޫރަޕްގެ ކުންފުނިތަކުގެ ޓެކްނޮލޮޖީ ވަގަށް ނަގައި، އެކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުނަ ނުދިނުމަށް އެކިއެކި އޮފިޝަލުންނަށް ރިޝްވަތު ބަހާކަމަށް ކުރީއްސުރެ ހުޅަނގުގެ މީޑިއާގައި ވާހަކަ ދައްކައެވެ. އަދި ހުޅަނގުގެ އޮފިޝަލުންވެސް ޗައިނާއަށް ތުހުމަތުގެ އެ އިނގިލި ދިއްކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ