ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ކުރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ހަމަޖައްސައިފިއެވެ.
އެ ބޯޑަކީ ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ ބޯޑެކެވެ. އެ މަގާމަށް އޭނާ ހަމަޖައްސަވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ވިސާމް އަކީ ދާދި ފަހަކާއި ޖެހެންދެން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި ހުންނެވި ކަނބަލެކެވެ. ގާތްގަނޑަކަށް 11 އަހަރު ދުވަސް ވަންދެން އެ މަގާމު ފުރުއްވުމަށްފަހު ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
ވިސާމް އަކީ އިގްތިސޯދީ ދާއިރާ އިންނާއި އަދި މާކެޓިން ދާއިރާ އިން ވެސް މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ކަނބެލެކެވެ.
ފަސްޓު ނޭޝަނަލްއަކީ ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީން އިންވެސްޓްމެންޓް ލައިސަންސް ލިބިފައިވާ ފަރާތެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ