ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭނެ ކަމަށް މިހާރު އާއްމު ކޮށްފައިވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ކުރިން ދިނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިހާރު ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 15ވަނަ ދުވަހެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭނީ 1800 އެއްހާ މީހުންނަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި