ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާތަކެއް ހޯދި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިމިގްރެޝަން އޮފިސަރުންތަކެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވެސް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ