ކަނޑު ބޯޓަކުން ރާއްޖެ އަށް ހަތް ކިލޯގެ ޑުރަގު އެތެރެކުރަން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކަނޑުމަތިން ހުއްޓުވި އެ ބޯޓުގައި 10 މީހުން ތިއްބެވެ. ފުލުހުން ވަނީ އެ ހުރިހާ އެންމެން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އެއް ދިވެއްސަކު ހިމެނެއެވެ.
ދެން ހިމެނެނީ އިންޑިއާ އަށް ނިސްބަތްވާ ހަ މީހުންނާއި އިންޑޮނޭޝިއާ އަށް ނިސްބަތްވާ ތިން މީހެކެވެ.
އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ދިވެހި މީހާގެ ބަންދަށް ކޯޓުން ދިނީ އެންމެ ދުވަހެކެވެ.
އިންޑިއާގެ ތިން މީހަކާއި އިންޑޮނޭޝިއާގެ ދެ ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ޖެހިއިރު ބާކީ ތިބި އެންމެންގެ ބަންދަށް ދިނީ އެއް ދުވަހެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ