ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން ރޭ ވަކި ކުރެއްވި މުހައްމަދު ޝައްމާން ވަހީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. ޝައްމާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރުކޮށް 15 ދުވަސް ވަނީ ޖަހައިދީފައެވެ.
ފުލުހުން ޝައްމާން ހައްޔަރުކުރިއިރު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފައިސާއާއެކު އެ އިދާރާގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީއަކު ޝައްމާންގެ އަމުރަށް ދޫކޮށްލާ އޭނާގެ އަތުން ގިނަ އަދަދެއްފެ ފައިސާ ނެގި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ޝައްމާން ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައެވެ. އަދި އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
އޭގެތެރެއިން އެއް ބިދޭސީއަކު އިމިގްރޭޝަނަށް ގެންދިޔައީ 530،000 ރުފިޔާއާ އެކުގައި ކަމަށާއި އޭނާ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަތާ އެއް ދުވަސް ފަހުން ޝައްމާންގެ އަމުރަށް އެރޭގެ ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީން ހައްޔަރުކުރި ގެ ބަލާ ފާސްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅެމުން އަންނަ އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލާ ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދާފައިވާ ކަމަށެވެ. އަދި، ޝަމްއާން ދިރިއުޅޭ ގެއިންވެސް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތައް، ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި