ރާއްޖެޓީވީގެ ލައިވް ޕްރޮގްރާމެއްގައި މެހެމާނުންތަކެއްގެ ގޮތުގައި ބައިވެރިވި ބަޔަކު، އޯޓިޒަމް ކުދިންނަށް ނިކަމެތިކަމެއް އަންނަ ގޮތަށް ދޭހަވާ ގޮތަށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެޓީވީން މިރޭ މައާފަށް އެދެފިއެވެ.
އޯޓިޒަމް ކުދިންނަށް ނިކަމެތިކަން އަންނަ ގޮތަށް ވާހަކަތަކެއް ދެއްކީ ރާއްޖެޓީވީން ގެނެސްދޭ "ކާލާބައިސާ" ޕްރޮގްރާމްގައި ބައިވެރިވި ސިފައިންގެ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒު އަލީ (ޕާޕާ) އާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ.
"މީނައަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓް ކުރާ... އޯޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރަމް ވެސް ހުންނަހެން ހީވަނީ..." ރައީސަށް ނިސްބަތްކޮށް، ޕާޕާ އާއި މޮސްޓާ ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން އެ ދެ މީހުންނަށާއި ރާއްޖެޓީވީއަށް ފާޑުކިޔުންއަމާޒުވެފައި ވަނިކޮށް، އެ ސްޓޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ވާހަކަތަކާ ގުޅިގެން މައާފަށް އެދިފައެވެ.
"އެވާހަކަތަކުން އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭ ނަމަ އެކަމަށްޓަކައި ރާއްޖެޓީވީން މައާފަށް އެދެމެވެ،" ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ