އިންޑިއާގެ ޑޭޓާ ޕްރޮޓެކްޝަން ގާނޫނަށް ފެތޭ ގޮތަށް ހަދާފައިވާ އިންޑިއާގެ އަމިއްލަ އިންޓަނެޓް ބްރައުޒަރެއް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަމަށް އެގައުމުގެ އައި.ޓީ މިނިސްޓަރ އަޝްވިނީ ވައިޝްނޯ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިންޑިއާގެ އަމިއްލަ އިންޓަނެޓް ބްރައުޒަރެއް ތައްޔާރުކުރުމަށް ހުޅުވާލި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ވައިޝްނޯ ވިދާޅުވީ އިންޑިއާގެ ރައްޔިތުންގެ މައުލޫމާތާއި އިތުރު ތަފްސީލްތައް އިންޑިއާގައި ރައްކާތެރިކަމާ އެކު ބެލެހެއްޓި، އިންޑިއާގެ ޑޭޓާ ޕްރައިވެސީ ގާނޫނުތަކަށް ފެތޭ ބްރައުޒަރެއް ބާޒާރަށް ނެރުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި މިކަމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު މިކަމަށް ތަރުހީބުދިން ކަމީ ފާހަގަކުރެވޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބާޒާރަށް މި ޕްރޮޑަކްޓް ނެރޭއިރު އައި އޯ.އެސް، ވިންޑޯސް އަދި އެންޑްރޮއިޑަށް ސަޕޯޓްކުރާނެއެވެ. އިންޑިއާގެ އައި.ޓީ ސެކްޓަރއިން މިހާރު ވެސް އަހަރެއްގެ މައްޗަށް 282 ބިލިއަން އެމެރިކާ ޑޮލަރު ޖެނެރޭޓް ކުރެއެވެ. އެހެންނަމަވެސް މީގެ ތެރެއިން ބޮޑު އިންސައްތައަކީ އައި.ޓީ ޚިދުމަތް ދީގެން ހޯދާ ފައިސާއެވެ.
ވައިޝްނޯ ވިދާޅުވީ އިންޑިއާ ސަރުކާރުގެ އަމާޒަކީ އިންޑިއާއަކީ ޚިދުމަތަށްވުރެ ބޮޑަށް އިންޑިއާއަކީ އައި.ޓީގެ ޕްރޮޑަކްޓްތައްވެސް ވިއްކާ، އެއިން ބޮޑު އާމްދަނީއެއް ހޯދާ ގައުމަކަށް ހެދުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ