އިންޑިއާގެ ނިއުސް ނައިން އިން އިންތިޒާމުކޮށްގެން ބާއްވާ ގްލޯބަލް ސަމިޓް 2025 ގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓްގެ ދެ ހަރަކާތެއްގައި ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ސަމިޓްގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ މަސްރަހުގައި ހިނގަމުން އަންނަ އެކިއެކި ކަންކަމަށް ކުރިމަތިލުމުގައި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ދުނިޔޭގެ މަސްރަހުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އަދި މީގެ އިތުރުން އިންޑިއާއިން މިހާރު ދުނިޔޭގައި އަދާކުރަމުންދާ ދައުރާއި، އެދައުރުގެ މުހިއްމުކަމާ މެދު ޝާހިދު ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން ދުނިޔޭގެ ދެކުނު ބިތުގެ، ނުވަތަ ގްލޯބަލް ސައުތުގެ ބައިވެރިވުން އދ ފަދަ ޕްލެޓްފޯމްތަކުގައި އޮންނަ ގޮތާއި ބެހޭ ގޮތުންނާއި، ކުރިއަރަމުން އަންނަ ގައުމުތަކަށާއި، ގްލޯބަލް ސައުތަށް ލިބެން ޖެހޭ އިތުރު ބައިވެރިވުމުގެ މައްޗަށް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.
ގްލޯބަލް ސަމިޓްގެ ތެރެއިން ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާފައެވެ.
ނިއުސް ނައިން ގްލޯބަލް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ ސަރުކާރާއި، އެކިއެކި ސިނާޢަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ