ދިވެހިރާއްޖެއާއި ސްރީލަންކާއަށް ދިމާވި އިގްތިޞާދީ ހާލަތުން ބަންގްލަދޭޝް އިބްރަތް ލިބިގަންނަން ޖެހޭކަމަށް އިންޑިއާގެ ނުފޫޒުގަދަ އެނަލިސްޓެއްކަމަށްވާ ވައިސާލީ ބާސޫ ޝަރްމާ ބުނެފިއެވެ.
ޗައިނާގެ މައްޗަށް މާ ބޮޑަށް ބަރޯސާވުމާ ބެހޭ ގޮތުން ރާއްޖެ އާއި ލަންކާއިން ބަންގްލަދޭޝް ލިބިގަންނަން ޖެހޭ އިބުރަތްތަކާ ބެހޭ ގޮތުން ވައިސާލީ ލަންކާގެ ނިއުސްވަޔަރ ނޫހުގައި ލިޔެފައިވާ ލިޔުމެއްގައި ބުނީ، ބަންގްލަދޭޝްގެ މިހާރުގެ ވެރިޔާ މުހައްމަދު ޔޫނުސް އެގައުމުގެ ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާއާއެކު މާގާތް ގުޅުމެއް ނުބާއްވާކަން އެއީ ސާފު ހަގީގަތެއް ކަމަށެވެ. ޚާއްސަކޮށް، އަދިވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ނުކުރައްވާކަމީ އޭގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.
ވައިސާލީއަކީ އިސްތިރާޖީ އަދި އިގްތިސާދީ ކަންކަން ދިރާސާކުރާ އިންޑިއާގެ އެނަލިސްޓެކެވެ. އޭނާވަނީ އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ އިދާރާއަށް ލަފާދޭ ކޮންސަލްޓެންޓެއްގެ ގޮތުގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ. އަދި މިހާރު މަސައްކަތްކުރަނީ އިންޑިއާގެ ދިއްލީގައި ގާއިމުވެފައިވާ ތިންކްޓޭންކެއް ކަމަށްވާ ޕޮލިސީ ޕާސްޕެކްޓިވްސް ފައުންޑޭޝަންގައެވެ.
ބަންގްލަދޭޝްގެ ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ ޗައިނާއާއެކު އޮންނަ ގުޅުން ގާތްކަން ދައްކައިގެން، އިންޑިއާއިން އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށެވެ. މާނައަކީ އިންޑިއާ ނެތަސް ޗައިނާ އެބައޮތޭ، އެހެންވީމާ އެއްކޮށް ޗައިނާގެ މައްޗަށް ބަރޯސާކުރުވަން ބޭނުން ނޫނިއްޔާ ތިމަންނަމެން ބޭނުންވާ އެއްޗެއް ދޭށޭ ބުނުމުގެ ސިޔާސަތެކެވެ. އަނެއްކޮޅުން ޗައިނާއަށް ދައްކާ މަންޒަރަކީ އިންޑިއާވެސް އެބައޮތޭ، ތިމަންނަމެން ބޭނުންވާ ކަންކަން ޗައިނާއިން ނުވަންޏާ އިންޑިއާ ކޮޅަށް ދީލާލާނަމޭ ބުނެ ޗައިނާއަށްވެސް އޮންނަނީ ބިރެއް ދައްކާފައެވެ. މިއީ ވައިސާލީ ދެކޭ ގޮތެވެ. އޭނާ ދެކޭ ގޮތުގައި ރާއްޖެއާއި ސްރީލަންކާއިންވެސް ކުޅުނީ މި ކާޑެވެ. އޭގެ ނަތީޖާއަކަށްވީ ނޭނގި ތިއްބާ ޗައިނާގެ މައްޗަށް ބަރޯސާވުން ބޮޑުވެ، އާޚިރުގައި ޗައިނާގެ ފަރާތުންވެސް ލަނޑު ލިބުމެވެ. އޭރު އިންޑިއާ އޮންނަނީ މަންޒަރު ބަލާށެވެ.
ވައިސާލީގެ ލިޔުން ޝާއިއުކޮށްފައިވަނީ ބަންގްލަދޭޝްގެ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް ޗައިނާއަށް ވަޑައިގެން، ޗައިނާގެ ރައީސް ޝީޖިންގް ޕިންގްއާއި އެހެނިހެން ވެރިންނާއި މަޝްވަރާކުރައްވަން ނިންމަވާފައިވާ ދުވަހާ ދިމާކޮށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ