އއ. ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ފިހުނީ އަންހެނަކާއި ފިރިހެނެކެވެ. ނިޔާވީ ފިހުނު އަންހެން މީހާއެވެ. އޭނާ އަކީ މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާއެވެ. އޭނާގެ ހަށިގަނޑުގެ 83 ޕަސެންޓު ވަނީ ފިހިފައެވެ.
އަންހެން މީހާ ނިޔާވީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އޭނާ އަށް ވެސް އަދި ފިހުނު ފިރިހެން މީހާ އަށް ވެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗު އައިސީޔޫގައެވެ.
ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސެންޓު ވަނީ ފިހިފައެވެ. މި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އިންޑިއާގެ ހާއްސަ ޑޮކްޓަރުންތަކެއް ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ އައިސްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ