މިޔަންމާއަށް އައި ބިންހެލުމާއި ގުޅިގެން އިންޑިއާއިން އެގައުމަށް އަވަސް އެހީ ފޮނުވައިފިއެވެ.
އިންޑިއާއިން ފޮނުވާ 15 ޓަނުގެ އެހީގެ ތެރޭގައި، ހާލުގައި ޖެހުނު މީހުން ނިދާނެ ޓެންޓާއި، ސްލީޕިންގ ބޭގް، ރަޖާ، ތައްޔާރީ ކާނާ، ސާފުތާހިރުވާން ބޭނުންވާ ސާމާނު، ފެން ސާފުކުރާ ވޯޓަރ ޕިއުރިފަޔަރ، ސޯލަރ ބައްތި، ޖެނެރޭޓަރު ސެޓް އަދި ކޮންމެހެން ބޭނުންވާ އަސާސީ ބޭސްފަރުވާގެ ބައެއް ސާމާނު ހިމެނޭކަމަށް އިންޑިއާ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބިންހެލުމުގެ އެއް ދުވަސްފަހު އިންޑިއާ ސިފައިންގެ މަތިންދާބޯޓެއްގައި 120 މީހުންގެ ޓީމެއް ވެރިރަށް ނޭޕީޑޯ އަށް ވަނީ ޖައްސާފައެވެ. މި ޓީމުން ބިންހެލުމުގެ އެންމެ ބޮޑެތި ގެއްލުންތައް ލިބުނު މަންޑަލޭއަށް ގޮސް، 60 އެނދުގެ ހުންނަ އެމަޖެންސީ ފަރުވާދޭ މަރުކަޒެއް ގާއިމްކުރިއެވެ.
މިޔަންމާއަށް ހުކުރު ދުވަހު އައި ބިންހެލުމުގައި 144 މީހަކު މަރުވެ، 700 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. މަރުވި ގިނަ މީހުން މަރުވީ ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެންނެވެ.
އަވަށްޓެރި އެހެން ގައުމުތަކުންނާއި ޑަބްލިޔު.އެޗް.އޯ އިންވެސް ވަނީ އިންޑިއާއަށް އެހީގެ ތަކެއްޗާއި، އެގައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ޓީމްތަކާއެކު ފޮނުވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ