އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކަށް ލޯބި ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ކޮންމެ ދިވެހި ދަރިޔަކީ ގައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށެވެ. އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ގައުމަށް މަންފާ ކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީންކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި އެ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ދުވަހަކީ އޯޓިޒަމްއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، އޯޓިޒަމް ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލުމަށް ފާހަގަކުރާ ދުވަހެކެވެ.
ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޯޓިޒަމް ދުވަހުގެ ޝިއާރަކީ "ތަފާތުކަމަކީ ހަމަހަމަކަމެވެ: އޯޓިޒަމް ހުންނަ މީހުންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރުން" އެވެ. މި ޝިއާރުން އަލިއަޅުވާލަނީ އޯޓިޒަމް ހުންނަ މީހުންގެ ތަފާތުކަން ގަބޫލުކޮށް، އެމީހުންނަށް މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވެވޭނެ މާހައުލެއް ގާއިމުކުރުމުގެ މުހިންމު ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި