އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި އެ ޕާޓީގެ ތެރެއިން ވަކިވެގެން އުދެއްދި ދަ ޑިމޮކްރެސްޓް ގުޅިގެން މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި އެ ދެ ޕާޓީ ގުޅުމަކީ ރާއްޖެއަށާއި އެމްޑީޕީއަށާއި ޑިމޮކްރެޓްސްއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޑިމޮކްރެޓްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނުވަ ޕާޓީގެ ތެރެއިން ދެ ވަނައަށް އެންމެ މެމްބަރުން މަދު ޕާޓީއެވެ.
ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 3،667 އެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 43،755 އެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި