ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނަވަނިކޮށް، ވަކިކުރެއްވި މުހައްމަދު ޝައްމާން ވަހީދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ޝައްމާން ހައްޔަރުކުރީ މިދިޔަ މަހުގެ 22ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ޝައްމާން އެންމެ ފުރަތަމަ ބަންދަށް ޖެހީ 15 ދުވަހަށެވެ.
ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ޝައްމާން ކޯޓަށް ގެންގޮސް އޭނާގެ ބަންދުގެ މުއްދަތު ކޯޓު ވަނީ އިތުރު ކޮށްދީފައެވެ. އެގޮތުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޝައްމާން ބަންދު ކުރަން އަމުރުކޮށްފައެވެ.
ފުލުހުން ޝައްމާން ހައްޔަރުކުރިއިރު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފައިސާއާއެކު އެ އިދާރާގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީއަކު ޝައްމާންގެ އަމުރަށް ދޫކޮށްލާ އޭނާގެ އަތުން ގިނަ އަދަދެއްފެ ފައިސާ ނެގި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ޝައްމާން ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައެވެ. އަދި އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ޝަމްއާންގެ ގެ ބަލައިފާސްކޮށް 257،475ރ. އަދި 10،000 ޑޮލަރާއި އިތުރު އެހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި