މާލޭގެ ގެއަކަށް ވަދެ މީހަކަށް ބިރު ދެއްކި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލައިފިއެވެ.
އެ މީހުން ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނީ، އެ މީހުންގެ މައްސަލަތައް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުން ބަލައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެ އެންމެން ދޫކޮށް ދިނުމަށް ޕީޖީން އެދިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް، 23، އާއި ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް، 21، އާއި ނ. މަނަދޫ، ހޭވަލި، މުހައްމަދު އަޒާން، 23، ގެ އިތުރުން ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު، 21، އެވެ.
އެ މީހުން ފުރަތަމަ ހައްޔަރުކޮށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ 15 ދުވަސް ހަމަވީ އިއްޔެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ