ގަވާއިދާ ހިލާފަށް ރާއްޖެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ބިޔަރު ދަޅާއި ފުޅި ފަދަ ތަކެތި ނައްތާލައިފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އެތަކެތި ނައްތާލީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ. ކަސްޓަމްސް އިން ނައްތާލީ ބިޔަރު ދަޅުތަކާއި ބިޔަރު ފުޅީގެ އިތުރުން ބިޔަރު ލޭބަލް ހިމެނޭ ތަށިތަކެވެ.
އެގޮތުން ކަސްޓަމްސް އިން ނައްތާލި ތަކެތީގެ ތެރޭގައި 2،040 ބިޔަރު ފުޅި އާއި 10،418 ބިޔަރު ދަޅު ހިމެނެއެވެ.
ކަސްޓަމްސް އިން ބުނީ ބިޔަރު ލޭބަލް ހިމެނޭ ތަށިތަކުގެ ތެރެއިން 510 ތަށި ނައްތާލާފައިވާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ