މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ލިބުނު ފައިސާގެ ތެރެއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެ ފައިސާ ހަވާލުކޮށްފައި ވަނީ އިސްރާ އެސޯއިއޭޝަނާ ކަމަށެވެ. އަދި އެ އެސޯސިއޭޝަނާއި ފަލަސްތީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން އެ އެހީ މިހާރު ވަނީ ގާޒާގެ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައި ކަމަށްވެސް ބުންޏެވެ.
މި އެހީ ފޯރުކޮށްދޭ ވީޑިއޯ އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަނީ ގާޒާގެ ސުންނާފަތިވެފައިވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހިންގެ ކާބޯތަކެތީގެ އެހީ ފޯރުކޯށްދޭ މަންޒަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ