އެމްޑީޕީ މާލޭގައި ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކުގެ އިސް ސަފުގައި ހަރަކާތްތެރިވި މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
އެމްޑީޕީ ސިލްސިލާ މުޒާހަރާގެ 10 ވަނަ ރޭގެ އެއްވުން ނިންމާލުމަށްފަހު، ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށް، އެ ހަމަލާ ދިނީ ކަލާފާނުހިނގުމުގައި ހުންނަ، ވުޑްބެރީ ރެސްޓޯރަންޓް ކުރިމަތިންނެވެ. އެއީ މިދިޔަ މަހުގެ 16ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 27 ގައި ހައްޔަރުކުރީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް، 20، އެވެ.
އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖެހިއެވެ. ބަންދުގެ މުއްދަތު އިއްޔެ ހަމަވުމުން ފުލުހުން އޭނާ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.
ނަމަވެސް އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކުގައެވެ. އެ ޝަރުތަކީ ތަހުގީގަށް އެއްބާރުލުން ދިނުމެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގައި ކޮންމެވެސް ވަރެއްގެ ހެކިތަކެއް ހުރި ކަމަށްވީ ނަމަވެސް ކުރެވެނީ ކުޑަ ކުށެއް ކަމަށް ބަންދު އަމުރުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ