ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ "ޓިކްޓޮކް" ގެ އިސްވެެރިންތަކަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެ ޓީމާ އެކި ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއެކު މަސައްކަތް ކުރެވޭނެ އެކި ދާއިރާތަކާ މެދު މަޝްވަރާކުރެއްވި ކަމަށެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކަށްވާ އިރު، ޓިކްޓޮކް ފަދަ ފްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހުކޮށް ދިނުމަކީ ސަރުކާރުން ފަހިުކޮށް ދޭން ނިންމާފައިވާ ކަމެކެވެ.
ރައީސްގެ ބައްދަލުވުމުގައި ޓިކްޓޮކްގެ ޓީމުން ބުނީ އެ އަމާޒަށް ވާސިލުމަށް އެ ކުންފުންނިން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.
ޓިކްޓޮކް ޓީމުން އިއްޔެ އިކޮނޮމިކް މިނިސްޓްރީގެ އިސްވެެރިންތަކަކާއި ބައްދަލުކުރައްވަވާ ޓިކްޓޮކުން އާމްދަނީ ލިބޭނެ ގޮތާއި މެދު މަޝްވަރާ ވެސް ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ