އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ގުޅުވައިގެން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދައުވާ ކުރައްވައިފި އެވެ.
ވޭޕް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކޮށް, ފަސްޓްލޭޑީގެ ފަރާތުން ކުރިން ސިވިލް ކޯޓުގައި އޮތީ ދައުވާކޮށްފަ އެވެ.
ރައީސްގެ އާއިލާގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައިވަނީ އެ މައްސަލާގައި އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ވެސް އަބުރުގެ ދައުވާކޮށް، އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި މަންދީ އާއި ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ފެމެލީ ކޯޓުގައި ދައުވާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ރައީސްގެ އާއިލާގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއް ކަމަށްވާތީ އެވެ. އަދި ފައްޔާޒަށް ދައުވާކުރީ އެ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޕޯސްޓެއް ކުރެއްވި ކަަމަށް ބުނެ އެވެ. އެ މައްސަލަ ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ.
މަންދީގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެމްޑީޕީން ވަނީ ރައީސްގެ ދަރިކަލުންގެ ނަން ހާމަކޮށް, އެ ކުއްޖާގެ ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލުން ކަމަށް ބުނެ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި