އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުއެއް އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.
މީޑިއާތަކުގެ ވަޓްސްއަޕް ގްރޫޕަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިއްސާ ކުރެއްވި މެސެޖެއްގައި މިއަދު ވިދާޅުވީ 9 ރަށެއްގައި ގުރުއާން ހިތުދަސް ކުރުމުގެ މަޝްރޫއު ފަށާނެ ކަމަށެވެ.
އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާފު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، ސ. ހިތަދޫ. ލ. ގަމެވެ.
މީގެ އިތުރުން ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ގުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި އަލަށް ގުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ގާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތައް ވެސް މިނިސްޓަރު ހިއްސާ ކުރެއްވިއެވެ.
އެ ރަށްތަކަކީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ ލ. އިސްދޫ ކަލައިދޫ، ހއ. އުތީމު، ދ. މީދޫއެވެ.
މިތަންތަނުގައި ގުރުއާން މަރުކަޒުގެ ގޮފިތަކަށް، ގުރުއާން މަރުކަޒުން ގުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ފުވައްމުލައް ސިޓީގެ ގުރުއާން މަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ