ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުން މިހާރު ކުރިޔަށް ގެންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް މުއިއްޒުއެވެ. ރައީސް ވިދާޅުވީ ކެބިނެޓުން ނިންމާފައި ވާނީ 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުނާއި ބޭނުން ކުރުން މަނާ ކުރުމަށް ކަމަށެވެ.
އެކަން ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ބިލު ޑްރާފްޓު ކުރަން ފަށާފައިވާ ކަމަށާއި އުއްމީދަކީ މިމަސް ނިމެންވާއިރަށް ބިލުގެ މަސައްކަތް މަޖިލީހުން ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަން ތަންފީޒު ކުރާނެ ތާރީހަކީ މިއަހަރުގެ ނޮވެމްބަރު 1. އަޅުގަނޑުގެ ވިސްނުމަކީ މަޖިލީހުން މިމަސް ނިމެންވާއިރަށް ފާސްކޮށްދީފިއްޔާ އެބަ ލިބޭ ހަމަސް ދުވަސް މި ގާނޫނު ތަންފީޒުވުމާއި ހަމައަށް،" ރައީސް ވިދާޅުވިއެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ