މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށި ފަހުން މިހާތަނަށް 470 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވެެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މިފްކޯ އިން މަސްވެރިންނަށް ނުދީ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ.
މަސްވެެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެއްވެސްމެއެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއްވީއިރު ވެސް އެމަގުން އެކަން ނުކުރެވުނީ އޭރު ގައުމުގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުން (މަސްވެެރިންގެ ދުވަހު) ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިކަމުގެ [ގަވާއިދުން ފައިސާ ދިނުން] ރަނގަޅު ނަތީޖާވެސް އެބަ ފެނޭ. ކުރިން މަސްވެރިކަމުން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު ޒުވާނުން ހާއްސަކޮށް އަނބުރާ ހިނގައްޖެ. އާއްމުކޮށް މިހެން ހުންނަ ވަޒީފާތަކަށް ދާން ފެށި ބައެއް މީހުންވެސް މިހާރު އެބަދޭ [މަސްވެެރިކަމަށް] އެއީ އަޅުގަނޑު ބޭނުންވި ގޮތަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް އެކަން ވެގެން އެ ދަނީ ސަރުކާރުން ވައުދުވެފައިވާ ގޮތަށް ގަވާއިދުން ފައިސާ ލިބެމުން އަންނާތީ ކަމަށެވެ. އަދި ވިދާޅުވީ މަސްދޯނިތަކުގައި މިހާރު ގިނަ ބިދޭސީން އުޅެމުން އަންނަ ކަމަށާއި ބޭނުންފުޅުވަނީ ބިދޭސީންގެ ބަދަލުގައި ދިވެހިން އެ މަސައްކަތްތަކަށް ނިކުތުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ