ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް އިންޑިއާއަށް ވަޑައިގެންފިއެވެ.
ވޭންސް އިންޑިއާއިން ވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އިއްޔެ ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރެއްވިއެވެ. މޯދީއާއެކު ދިއްލީގައި ހުންނަ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި އޮތް ބައްދަލުވުމަށް ވޭންސް ވަޑައިގަތީ އާއިލާއާވެސް އެކުގައެވެ. ވޭންސްގެ އަނބިކަނބަލުންނަކީ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.
މޯދީއާއި ވޭންސްގެ ބައްދަލުވުމުގައި ދެގައުމުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކާއި ބެހޭ ގޮތުންނާއި، ދެގައުމުގެ މެދުގައި ހުރި ވިސްނުން އެއްގޮތް އެހެނިގެން ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މި ބައްދަލުވުމަށްފަހު މޯދީވަނީ ވޭންސްއާއި އެމަނިކުފާނުގެ އާއިލާއާއެކު ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފުކުރައްވާފައެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭންސް މިއަދު ޖައިޕޫރަށް ވަޑައިގަންނަވާނެއެވެ. އަދި މާދަމާ އާގަރާއަށް ވަޑައިގެން، ތާޖް މަހަލްއަށް އާއިލާއާއެކު ޒިޔާރަތްކުރައްވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ