ސްޓެލްކޯގެ ހަރަދުގައި މިއަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލި ހައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިގޮތުން، މި އަހަރުވެސް ހައްޖުގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު، އަދި އުމްރާގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ހޮވާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯ އިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށް ހިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ