މިއަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުގެ އެންމެ ބޮޑު ކަރަންޓު ކުންފުނި ސްޓެލްކޯ އިން ހުޅުމާލޭގައި ދެ ޓޭންކު ބެހެއްޓުމަށް އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ ހުޅުމާލޭގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކު ބެހެއްޓުމަށެވެ.
އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ އަހުމަދު ސައުދީއެވެ.
ސެޓެލްކޯ އިން ބުނީ އެ ތެޔޮ ޓޭންކުތައް ބަހައްޓަނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާމާލޭ ޕަވާ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ކަމަށެވެ.
ސްޓެލްކޯ އިން އަންނަނީ މިއަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާއްމު ގޮތެއްގައި ހޫނު މޫސުމަކީ ގިނަ އަދަދަކަށް ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރެކެވެ. އަދި އެ ދުވަސްވަރު އާއްމުކޮށް އަންނަ މިންވަރަށްވުރެ ކަރަންޓު ބިލު ބޮޑުވެއެވެ. އަދި އެކަމުގެ ޝަކުވާ އަކީ އާއްމުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ