މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއަކަށްފަހު، މަސްތުވެގެން ކަމަށް ބެލެވޭ ދެ މީހަކު ގެއަކަށް ވަދެ އުޅެނިކޮށް، އިމާރާތެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ތުހުމަތުތަކެއް ކުރެވޭ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަޙްމަދު މަގާމުން ސަސްޕެންޑްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ދާއޫދަކީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފަރާތެވެ.
ހީނާ ވިދާޅުވީ ދާއޫދު އަހްމަދު، އެ ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.
ދާއޫދަކީ އަންހެން ކުއްޖާ ވެއްޓުމުގެ ހާދިސާގައި އެކުއްޖާ ވެއްޓުމާއި ހަމައަށް އެންމެ ކައިރީގައި ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބޭބެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ