މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއަކަށްފަހު، މަސްތުވެގެން ކަމަށް ބެލެވޭ ދެ މީހަކު ގެއަކަށް ވަދެ އުޅެނިކޮށް، އިމާރާތެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅުންހުރި އެންމެންގެ ވަނަވަރު އާއްމުކޮށް އެ މީހުން ފުރުން މަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ މައްސަލާގައި ޝާމިލުވާ އެންމެންގެ ބަޔާން ވެސް މިހާރު ނަގާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި ޝާމިލުވާ އެންމެންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރު މިއަދު ހޯދާފައިވާ ކަމަށާއި އެ އަމުރުތައް ތަންފީޒު ކުރުމަށް ފޮނުވަން ޖެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން މިއަދު ވަނީ އެ މައްސަލާގައި ޝާމިލުވާ އެންމެންގެ ވަނަވަރުވެސް މިއަދު އާއްމުކޮށްފައެވެ.
ވަނަވަރު އާއްމުކޮށްފައިވާ މީހުން:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
- އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
- އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ