މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއަކަށްފަހު، މަސްތުވެގެން ކަމަށް ބެލެވޭ ދެ މީހަކު ގެއަކަށް ވަދެ އުޅެނިކޮށް، އިމާރާތެއްގެ މަތިން ވެއްޓުނު އަންހެން ކުއްޖާއާ އެކު، އުޅުނު ޒުވާނާ ހައްޔަރުކޮށްފިއެވެ.
ހައްޔަރު ކޮށްފައި ވަނީ ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުއެވެ. އޭނާ އަކީ އަންހެން ކުއްޖާ ވެއްޓުމާއި ހަމައަށް އެ ކުއްޖާއާއެކު ހުރި މީހާއެވެ.
ފުލުހުން މިރޭ ބުނީ ރައުދު އާއި ވެއްޓުނު އަންހެން ކުއްޖާ ހިމެނޭހެން 7 މީހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށެވެ.
މީގެއިތުރުން މާންދޫގެ ޓެރެސް އާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ