ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑްކުރިތާ 60 ދުވަސް ހަމަވެ, އެ ބޭފުޅުންގެ ސަސްޕެންޝަން ނިމުމަކަށް އައިކަމާ މެދު ސުވާލު އުފެދިއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. އެ ބޭފުޅުން ސަސްޕެންޑްކުރީ މުއްދަތެއް ނެތް ގޮތަށެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ ލ. ބުނާގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ސަސްޕެންޑް ކުރެވޭނީ ގިނަވެގެން 60 ދުވަހަށެވެ.
މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނު ބުނާގޮތުން އެހެން ގޮތަކަށް ގާނޫނެއްގައި ބުނެފައިނުވާ ނަމަ, މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް އުނިކުރަން ޖެހޭނީ ހަތް ދުވަހަށް ވުރެ ކުރު މުއްދަތުތައް ގުނުމަށެވެ. އަދި ޖޭއެސްސީގެ ގާނޫނުގައި 60 ދުވަސް ގުނަން ޖެހޭނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށް ބުނެފައިނުވާތީ 60 ދުވަސް ގުނަން ޖެހޭނީ ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ. އެގޮތަށް, ބެލުމުން ފަނޑިޔާރުން ސަސްޕެންޑް ކުރިތާ 60 ދުވަސް އިއްޔެ ވަނީ ހަމަވެފައެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރިތާ މިހާރު 60 ދުވަސް ހަމަވެފައިވާތީ އެ ބޭފުޅުންގެ ސަސްޕެންޝަން ނިމުމަކަށް އައިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މިކަމާ ބެހޭގޮތުން އެ ފަނޑިޔާރުންގެ ވަކީލުން އަދި ޖޭއެސްސީން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރުމާ މެދު ގޮތެއް ނިންމަން ރޭ ޖޭއެސްސީން އެޖެންޑާކުރި ނަމަވެސް އެ ޖަލްސާ ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ