ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 12 މެމްބަރުންގެ ސޮޔާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އުމްނު ވެއްޓެން ދިމާވި އެންމެ ބޮޑު ސަބަބަކީ ޑްރަގު ބޭނުންކުރުން ކަމަށާއި އެ ޑްރަގު ބޭނުންކޮށްފައިވާ ކަމަށް ބެލެވެނީ މިނިސްޓަރު އަމީން ދިރިއުޅުއްވާ މއ. މާންދޫގޭ ދެކުނު ބައިގައި ކަމަށެވެ.
"އެ ޑްރަގު ބޭނުންކުރީ އަމިއްލައަށްތޯ؟ ނުވަތަ ބަޔަކު އޮޅުވާލައިގެން ދިނީތޯ؟ އެ ވެސް ދެ ވަނަ ސުވާލު. އެ ސުވާލުތަކުގެ ޖަވާބާއި އެ ސުވާލުތަކުގެ ހެކި ހުރި ކަމަށް އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ ފުލުހުން މިހާތަނަށް ބެލި މައުލޫމާތުތަކަށް ބަލާއިރު ވެސް އެއީ މާންދޫގެ ދެކުނު ބައިގައި. އެކަމަކު ހަ ދުވަސް ފަހުން، އެ ގެއަށް ފުލުހުން ދިޔައިރު މިކަމާ ގުޅޭ އެއްވެސް ހެއްކެއް އެ ގެއަކުން ފެންނާކަށް ނެތް ކަމަށްވަނީ،" ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ޕްރެސް ކޮންފަރެންސެއްގައި އިންނަވަނިކޮށް، މިނިސްޓަރު އަމީން ގުޅުއްވިނަމަ، އެނގިގެންދަނީ އެ ގެއިން ހެކި ގެއްލިފައި ވަނީ ބައެއްގެ ނުފޫޒު ފޯރުވައިގެންކަން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 75 މެމްބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެމްބަރުންނެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރަކު މަޖިލީހުގައި ތިއްބަވައެވެ. މީގެ އިތުރުން އެމްޑީއޭގެ ދެ މެމްބަރަކާއި އެމްއެންޕީގެ މެމްބަރެއްގެ އިތުރުން ޖޭޕީގެ މެމްބަރަކާއި މިނިވަން ދެ މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ