އުމުރު ހަމަނުވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފެވެ. އެ ބިލުގައި 2007ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ސިނގަރޭޓު ނުވިއްކޭއިރު އުމުރުން 21 އަހަރުނުވާ މީހަކަށް ވެސް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެކެވެ.
އެފަދަ ބާވަތެެއް އުފެއްދުމާއި ވިއްކުމުގައި ވެސް 2007އިން ފެށިގެން އުފަންވެފައިވާ މީހުންނާއި އުމުރުން 21 އަހަރުވެފައިވާ މީހުން ބައިވެރި ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް ބިލުގައިވެއެވެ.
މިފަދަ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއްކަން އަންގައި ދިނުމުގެ ގޮތުން ހާއްސަ ލިޔުމެއް ނުވަތަ ބޯޑެއް ބަހައްޓަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.
މި ބިލަކީ ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންގައި ހިމެނޭ ބިލެކެވެ. 2007ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ކުރުމަކީ ކެބިނެޓުން ނިންމާފައިވާ ނިންމުމެކެވެ. ކެބިނެޓުން އެ ނިންމުން ނިންމުމުގެ ކުރިން ރައީސް ވަނީ ސޯޝަލް މީޑިއާގައި އާއްމުން ޝާމިލްވާނެހެން އެކަމަށް ހާއްސަ ޕޯލެއް ނަގައިފައެވެ.
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ގޮވާލައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ