އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެމަނިކުފާނު ހިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމަވާފައިވާ ކަމަށެވެ.
"މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން،" ޝަހީމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ ޝަހީމް ސިޔާސީ ހަރަކާތް އެންމެ ފުރަތަމަ ފެއްޓެވި ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމަށް ވަޑައިގަތީ ވެސް އެޕާޓީގެ ސްލޮޓެއްގައެވެ.
އެހެންނަމަވެސް ފަހުން އޭނާ ވަނީ އަދާލަތުން ވަކިވެ، އޭރު ވެރިކަން ކުރަމުންދިޔަ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
އަދާލަތު ޕާޓީގެ ރައީސްކަމުގައި މިހާރު ހުންނެވީ އިމްރާނެވެ. އޭނާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ