ސްޓެލްކޯގެ ސްކޮލާޝިޕްތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަނެއް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން މެންދުރު 12:00 އަށް ސްޓެލްކޯގެ ޓްރެއިނިން ރޫމް (ފަސްވަނަ ފަންގިފިލާ)ގައި އޮންނާނެ ކަމަށެވެ.
އެ ސެޝަންގައި ސްކޮލާޝިޕްތަކާ ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ކަމަށާއި އޭގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަނެއް އެ ދުވަހުގެ މެންދުރު 1:00 އިން 2:00 އަށް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަނަށް ރަޖިސްޓާވުމަށް އެދި [email protected] އީމެއިލް ފޮނުވުމުން މީޓިން ލިންކު ހިއްސާކުރެވިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" ސްކީމުގެ ދަށުން ބެޗެލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ސްކޮލާޝިޕް ސްކީމުގެ ދަށުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ އިރު، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާ އިން އެއް ޖާގަ އާއި މެކޭނިކަލް އިންޖިނިއަރިން ދާއިރާ އިން ދެ ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ