ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ އެޕާޓުމަންޓުތަކުން މާދަމާގެ ވަގުތެއްގައި ކަރަންޓު ކަނޑާނެކަން ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
އެގޮތަށް ކަރަންޓު ކަނޑަނީ އެ ކުންފުނިން ކުރަން ޖެހޭ މުހިއްމު މަސައްކަތެއް ތާވަލު ކޮށްފައި ވާތީ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެކިދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން އެ މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާއިރު، ހިޔާގެ ފުރަތަމަ ޓަވަރުގައި އެ މަސައްކަތް ކުރުމަށްޓަކައި 13 އެޕްރީލް 2025 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން ބުނީ އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.
ސްޓެލްކޯ އިން އަންނަނީ މާލެ ސަރަހައްދުގެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނާތީ އާއްމު ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް [ދޭތެރެ ދޭތެރެއިން ކަރަންޓު ނުކެނޑޭނެހެން] އެކުންފުނީގެ މަސައްކަތްތައް ބައްޓަން ކުރަމުންނެވެ. އަދި ކަރަންޓު ވިއުގަތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ވެސް އެކުންފުނިން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ