މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ކުރަމުންދާ ސިލްސިލާ މުޒާހަރާ ތެރެއިން މިރޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ މުޒާހަރާ އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާކުރަމުންދާ އައިޝަތު ޝިމަން އަހުމަދު އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.
ދެ މީހުން ހައްޔަރު ކުރުމުން، މުޒާހަރާ ހޫނުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ.
މީގެ އިތުރުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ޕެޕާ ސްޕްރޭ ވެސް ވަނީ ޖަހާފައެވެ.
މުޒާހަރާއިން އެ ދެ މީހުން ހައްޔަރު ކުރުމުގެ ކުރިން، ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރި، މަޖީދީމަގުގައި އެ ޒުވާނުން ވަނީ މިއުޒިކާއި ޓޭބަލް ޓެނިސް ކުޅުމާއި ކެރަމް ފަދަ ކުޅިވަރުތައް ކުޅެފައެވެ.
މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފެށީ މިރޭ 11:30 ވީ ފަހުންނެވެ.
ދެ މީހަކު ހައްޔަރު ކުރުމުން މުޒާހަރާ ހޫނުވެ، މާލޭގެ އެކި މަގުތަކުގައި މުޒާހަރާ ކުރިއެވެ. އެގޮތުން މަޖީދީމަގާއި އަލިކިލޭގެފާނު މަގުގައި ވެސް މުޒާހަރާ ކުރިއެވެ.
މިރޭ މުޒާހަރާ ނިންމާލަމުން މުޒާހަރާގެ ބައިވެރިން ވަނީ އެ މުޒާހަރާގައި މަދަނީ ޖަމިއްޔާތަކުންނާއި ސިޔާސީ ޕާޓީތަކުން ބައިވެރިވުމަށް ގޮވާލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ