ފުލުހުންގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލާ މާލޭގައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ)ގެ ދަށުން މުޒާހަރާ ކުރެވޭނެ ސަރަހައްދެއް ކަމަށް މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމަށެވެ.
މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ހަތަރު ސަރަހައްދެއް ވަނީ ކަނޑައަޅައިފައެވެ.
މުޒާހަރާ ކުރެވޭނެ ކަމަށް ކަނޑައެޅި ސަރަހައްދުތައް:
- ހެންވޭރު ކާނިވާ ސަރަހައްދު
- ރަސްފަންނު ސަރަހައްދު
- މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
- އުސްފަސްގަނޑު ސަރަހައްދު
މިފަދައިން މުޒާހަރާ ކުރެވޭނެ ސަރަހައްދުތަކެއް އިތުރު ކުރި ސަބަބެއް ހޯމް މިނިސްޓްރީން ބުނެފައެއް ނެތެވެ. މިފަހަކަށް އައިސް މާލޭގެ މަގުތަކުގައި އެކި ފަރާތްތަކުން ތަފާތު އެކި މައްސަލަތަކުގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ