ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި މަޖީދީމަގުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާއަށް ފުލުހުން ހުރަސްއެޅުމުން، އެ މުޒާހަރާ ކާނިވަލަށް މިރޭ ބަދަލުކޮށްފިއެވެ.
މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު އައިކު އަހުމަދު އީސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި އިހްތިޖާޖަށް ސަރުކާރުން ހުރަސް އަޅަމުންދާތީ، މުޒާހަރާ މިރޭ ކުރާނީ ކާނިވަލުގައި ކަމަށެވެ.
މިރެއަކީ މުޒާހަރާގެ އަށް ވަނަ ރޭއެވެ. މި މުޒާހަރާތައް ފެށީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެރޭއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމަކާ ނުލައި، މުޒާހަރާ ކުރެވޭނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ކަމަށެވެ. އެއީ ހެންވޭރު ކާނިވާ ސަރަހައްދާއި ރަސްފަންނާއި އިންޑަސްޓްރިއަލް ޒޯނު ސަރަހައްދާއި އުސްފަސްގަނޑު ސަރަހައްދެވެ.
މުޒާހަރާތަކާ ގުޅިގެން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައި ހިމެނޭ އެކަކު ހައްޔަރުކޮށް އަނެއް އަށް މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި ޕޮލިސް ކޮމިޝަނަރު ވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ