އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށާއި އެ ކައުންސިލްތަކުން ކުރަނީ ބޭކާރު ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
""[އަތޮޅު ކައުންސިލް] ފަންޝަނެއް ނުކުރޭ. އޮންލައިންކޮށް މީޓިން ބާއްވަނީ. ދެން މިހެން ގޮސް ވޭރިއަސް، ބޭކާރު ކަންކަން [ކުރަނީ،" ރައީސް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލް މިހާރު އެކުލެވިގެން ވަނީ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން އިންތިހާބު ކުރާ އަތޮޅު ކައުންސިލް ރައީސަކާއި ކޮންމެ ރަށު ކައުންސިލެއްގެ ރައީސް، އަތޮޅު ކައުންސިލް މެމްބަރެއްގެ ގޮތުގައި ހިމެނޭ ގޮތަށެވެ.
ރައީސް މިއަދު ވިދާޅުވީ އަތޮޅު ކައުންސިލް އުވާލުމަށްފަހު ރަށު ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާ އިސްލާހު:
- 2000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން. 2000 ވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން
- ޑަބްލިއުޑީސީގެ މެމްބަރުންގެ އަދަދު ވެސް އެގޮތަށް މަދުކުރުން
- ޑަބްލިއުޑީސީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ މީހަކަށް ކަނޑައެޅުން
- ސިޓީ ކައުންސިލަރުންގެ އަދަދު އިތުރުނުވާނެހެން ކަނޑައެޅުން
- ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރެވޭ އަދަދު 33 ޕަސެންޓުން 40 ޕަސެންޓަށް މަތިކުރުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ