ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ހަތް ވަނަ ރޭ ހައްޔަރު ކުރި ދެ ޒުވާނުން ފުލުހުންގެ ބަންދުން މިރޭ ދޫކޮށްލައިފިއެވެ.
ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނިކޮށް، ދޫކޮށްލާފައި ވަނީ މ. ހަސްތީ، އައިޝަތު ޝިމަން އަހުމަދު، 19، އާއި ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު، 28، އެވެ.
ފުލުހުން ބުނީ މަހްޒޫމަށް ކުރާ ތުހުމަތުގެ ތެރޭގައި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތު ހިމެނޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު މަހްޒޫމަށާއި ޝިމަންއަށް ވެސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ ޒުވާނުން ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަޖީދީމަގު، ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީ މުޒާހަރާ ކުރަމުންދަނިކޮށެވެ. މުޒާހަރާ ރޫޅާލީ ހުކުރު ދުވަހު ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވާތީ އާއި އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށްފަހުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މަގު ބަންދުކޮށްގެން ކެރަމް އާއި ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅޭތީ، އާންމުންގެ ޝަކުވާ ލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ