ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. ހަލީލު އިންޑިއާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ހަލީލު އެ ގައުމަށް ވަޑައިގަތުމުން ނިއުދިއްލީން މަރުހަބާ ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުން ކަމަށެވެ.
މި ދަތުރުގެ ތެރެއިން، މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކުރައްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ހަލީލު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، މި ޑައިލޮގޮގުގެ ތެރެއިން މޫސުމީ ބަދަލުތަކާ ގުޅޭ ޕެނަލް ޑިސްކަޝަން އެއްގައި ބައިވެރިވެޑައިގެން ދެއްކެވި ވާހަކައިގައި، މޫސުމާ އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ މިފަދަ ކަންކަމުން ސަލާމަތްވުމަށް ފައިސާ ލިބޭނެ މަގުތައް ހަރުދަނާކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދަތުރުގެ ތެރެއިން ހަލީލު ބައްދަލުކުރައްވާނެ އިންޑިއާގެ އިސްވެރިންގެ ތެރޭގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ