ރާއްޖެ ކުރިޔަށް ދާނީ އަވަށްޓެރި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން އެ ގައުމުގެ ނޫހަކާ ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތާއި އަދި ކުރިއެރުން ބިނާވަނީ އިންޑިއާއާއެކު ބާއްވާ ގުޅުމުގެ މައްޗަށް ކަމަށެވެ. ދިވެހިންގެ މާޒީއަށް ބަލައިލާނަމަ ފެނިގެން ދަނީ ރާއްޖޭގެ ސަރުކާރުތައް ބަދަލުވުމާއެކު އިންޑިއާ އާއެކު އޮންނަ ގުޅުމަށް އަސަރުކުރާތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ކުރިން އޮތް ހީނަރު ގުޅުން ރަނގަޅު ކޮށްފައިވާ ކަމަށާއި ނަމަވެސް، މި ސަރުކާރުން އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓާ ހެދި އަދިވެސް ދެ ގައުމުގެ ގުޅުމުގައި ދަތިތަކެއް އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމުގެ އަސަރު ރާއްޖޭގެ އިތުރުން ސީދާ އިންޑިއާއަށްވެސް ކުރާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދަކީ އަބަދުވެސް އިންޑިއާ އަށް ތައުރީފު ކުރައްވަވާ ވާހަކަދައްކަވާ ބޭފުޅެކެވެ. އެގޮތުން ދާދިފަހުން ވެސް އެމަނިކުފާނު ވަނީ އަވައްޓެރި އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން ކަމަށާއި އެގައުމަކީ އެހެން ގައުމުތަކުގައި އޮންނަ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާނެ ގައުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ