ރާއްޖޭގެ 13 ރަށެއްގެ 14 ކައުންސިލް މުވައްޒަފަކު ކުނި އަދި ވަސީލަތްތައް މެނޭޖްކުރުމުގެ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިޔާއަށް ފުރައިފިއެވެ.
އެ މުވައްޒަފުންނަކީ ޒޯން 2، 4 އަދި 5 ގެ ރަށަކުން ބައިވެރިވާ މީހުންނެވެ.
މުވައްޒަފުން ފުރުމުގެ ކުރިން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޒާމް ވަނީ ދަތުރުގެ ބައިވެރިންނާ އިއްޔެ ބައްދަލުކޮށް، އެ ފަރާތްތަކަށް ހެޔޮ އެދުންތައް ފާޅުކޮށް، މި މުހިންމު ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެދިވަޑައިގެންފަ އެވެ.
ހަތަރު ދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން އަންނަ މަހުގެ 2 އަށް، އިންޑިޔާގެ އައިސީޑަބްލިއުއެމްއާރް، ޓީއީއާރްއައި ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގަ އެވެ. މި ތަމްރީނުން ބައިވެރިންގެ ކުނި މެނޭޖްކުރުމުގެ ހުނަރު އިތުރުވެ، އެ ފަރާތްތަކުގެ ރަށްތަކުގައި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މި ތަމްރީނުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ބައިވެރިވާ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރަށްރަށުގެ ތިމާވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަށް އެހީތެރިވެ ދޭނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ