ހިލަ، ހިލަވެލި އަދި ބައެއް ޒަރޫރީ ކާބޯތަކެތި އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރެވޭ އަދަދު އެ ގައުމުން އިތުރު ކޮށްދެއްވާފައި ވާތީ ދިވެހި ސަރުކާރުން އިންޑިއާ އަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
ފޮރިން މިނިސްްޓްރީން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ 2025-26 އަށް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް މަގުފަހިކޮށް ދިނުމުގައި އިންޑިއާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ރާއްޖެ އިން އިން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިފަދަ ކަންކަމުން ދައްކުވައި ދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުހެ ހަރުދަނާކަން ކަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދިވެހި ސަރުކާރުގެ ހާއްސަ އެދުމަކަށް ކޯޓާ އިތުރުކޮށްދިނީ ހިލަ، ހިލަވެލި، ކުކުޅު ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުންނެވެ.
މިއީ ހާއްސަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި 1981 ގައި އެކްސްޕޯޓް ކުރަން ފެށި ފަހުން ކޯޓާ މިހާ ބޮޑަށް އިތުރު ކުރި ފުރަތަމަ ފަހަރެވެ.
ހިލަ އާއި ހިލަވެލީގެ ކޯޓާ އިތުރުކޮށްދިނީ އިތުރު 30 ޕަސެންޓަށެވެ. އެހެންކަމުން 1.3 މިލިއަން މެޓްރިކް ޓަނުގެ ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެ ކުރެވޭނެ އެވެ. މުގުގެ ކޯޓާ އިތުރު 56 ޕަސެންޓަށް އިތުރުކޮށްދިނެވެ. ބާކީ ހުރި ތަކެތީގެ ކޯޓާ އިތުރުކޮށްދިނީ އިތުރު ފަސް ޕަސެންޓަށެވެ.
އިންޑިއާއިން ހަނޑޫ، ހަކުރު، ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތް ދުވަސްވަރު ވެސް ހާއްސަަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި އެކްސްޕޯޓް ކުރި އެވެ. އިންޑިއާއިން ބުނީ އެ ގައުމުން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަސް ތަރައްގީ ގެނައުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ